ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީން ސީޒަނަށް ތައްޔާރުވާން ފަށައިފި


އާސީޒަނަށް ތައްޔާރުވުމަށް ޔުނައިޓެޑް ވިކްޓްރީން އެޓީމްގެ ކުޅުންތެރިންގެ އެއްބަސްވުންތައް އާކުރަން ފަށައިފިއެވެ. 

އެގޮތުން އެޓީމުން ވަނީ ޓީމްގެ ކެޕްޓަން ހުސެއިން ޝިމާޒު، ކޮކީގެ އިތުރުންވެސް ބައެއް ކުޅުންތެރިންގެ އެއްބަސްވުންތައް އާކޮށްފައެވެ. ކޮކީއަކީ މިދިޔަ ސީޒަން ފެށިއިރު އެޓީމްގެ ކެޕްޓަނެވެ. ސީޒަންގެ ކުރީކޮޅު އޭނާ މޮޅަށް ކުޅުނު ނަމަވެސް ފަހުކޮޅު އޭނާއެއް ނުފެނެއެވެ. ނިއުރޭޑިއަންޓުން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް ތަޢާތަފްވެ ފަހުން ވިކްޓްރީއަށްވެސް ކުޅުނު ކޮކީގެ އިތުރުން، އިބްރާހީމް ވާހިދު، ވާޑުއާއި އަލީ ހައިޝަމްވެސް ވަނީ ޔޫވިއަށް ސޮއިކޮށްފައެވެ. މީގެތެރެއިން ވާޑު ސީޒަންގެ ފަހުބައި ކުޅުނީ މާޅޮސް ޓީމަށެވެ. އެއީ މާލޭ ލީގު ގަދަ ހަތަރަކުން ޔުނައިޓެޑް ވިކްޓްރީއަށް ފުރުޞަތު ނުލިބުމުންނެވެ. އަލީ ހައިޝަމް އަލުން ޔޫވިއަށް ބަދަލުވީ މާޒިޔާއަށް ކުޅުމަށްފަހުއެވެ. ނަމަވެސް މާޒިޔާގައި އޭނާއަށް އެކަށީގެންވާ ފުރުޞަތެއް ނުލިބުނެވެ. 

މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓްރީގައި ރަނގަޅު ކުޅުމެއް ދެއްކި ނާވީ މުޙައްމަދުވެސް ވަނީ އާއެއްބަސްވުމެއްގައި ކްލަބާއެކު ސޮއިކޮށްފައެވެ. ޔުނައިޓެޑް ވިކްޓްރީގެ ގޯލް ކުރިއަށް މިއަހަރުގެ ސީޒަންގައި ބަލަހައްޓާނީ ޠޮލާލް ހަސަންއެވެ. މީގެއިތުރުންވެސް ޔޫވީން ވަނީ ބައެއް ކުޅުންތެރިންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އޭނާއަކީ ކުރިންވެސް ފުރަތަމަ ޑިވިޝަންގައި ކުޅުނު ހުނަރުވެރި ކީޕަރެކެވެ. މިދިޔަ ސީޒަން ނިމުނުއިރު ޔޫވީގެ ކޯޗަކަށް ހުރީ މުޙައްމަދު ނަޒީހުއެވެ.