ޑެންގީން ރައްކާތެރިވުމަށް ޚާއްސަ ކެމްޕޭނެއް ފަށަން ހެލްތް ޕްރޮޑަކްޝަން އެޗްޕީއޭއިން ނިންމައިފިއެވެ.
އެޗްޕީއޭއާއި އެޗްޑީސީއާއި ޑަބްލިއުއެޗްއޯ ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ މުއައްސަސާތައް ބައިވެރިވާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ މި ކެމްޕޭން ފެށުމަށް ނިންމީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހާ ދިމާކޮށް ޑެންގީގެ ކޭސްތައް އިތުރުވަމުން އަންނާތީކަމަށެވެ. އަދި ހޮނިހިރު ދުވަހު ކުރިޔަށް ގެންދާ މި ޙަރަކާތުގައި މަދިރި އުފެދި އާލާވާ ފަދަ ތަންތަން ބަލާ އެފަދަ ތަންތަން ނައްތާލުމާއި ޑެންގީން ރައްކާތެރިވުމަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޙަރަކާތުގައި ހުޅުމާލޭގެ ސްކޫލްތަކުގައި މަދިރި އާލާވާ ފަދަތަންތަން ހުރިތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓްތަކާއި ޑެންގީގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ސަރަޙައްދުތަކާއި މަދިި އުފެދިދާނެކަމަށް ބެލެވޭ ތަންތަން ބެލުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހަކީ ޑެންގީގެ ކޭސްތައް އިތުރުވާ މަހެއްކަމަށް ތަފާސްހިސާބުތަކުންދައްކައެވެ. ޑޭންގީ ރައްކާތެރިވުމުގެ ފުރަތަމަ ކޭމްޕް ހުޅުމާލޭގައި ފެށުމަށް ނިންމާފައިވާއިރު މާލެ އާއި ވިލިމާލޭގައިވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.