ޚަބަރު

ރާހަތާއި މިކާގެ ތައުރީފާ ޝުކުރު ދިވެހިންނަށް


އާ އަހަރުގެ ޝޯވގައި ބައިވެރިވުމަށް ރާއްޖޭ އައި މަޝްހޫރު ފަންނާނުންގެ ތައުރީފާ ޝުކުރު ދިވެހިންނަށް އޮއްސާލައިފިއެވެ. އާ އަހަރުގެ ޝޯވްގައި ބައިވެރިވި މީކާ ސިންގއާއި ރާހަތު ފާތިހް އަލީ ވަނީ މި ފަންނާނުންނަށް ދިވެހިން ދިން ލޯތްބާއި މެހްމާންދާރީގެ ސަބަބުން ވަރަށް ހިތްހަމަޖެހިފައެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ބޭއްވި ޝޯ ފެށިގެން ދިޔައީ ރާއްޖޭގެ މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕާ، 1437 ބޮޑުބެރު ގްރޫޕްގެ ހިތްގައިމު ފަރި ހުށައެޅުންތަކާއި އެކުއެވެ. މި ދެ ގްރޫޕުން ވަނީ ޝޯވް ބަލަން ޖަމާވި މީހުން ގެ ލޭ ކައްކުވާލި ފޯރިގަދަ ހުށައެޅުންތަކެއް ހުށައަޅާދީފައެވެ.

img:http://s2.psmnews.mv/images/660x400/15147881438337.jpg|

img:http://s2.psmnews.mv/images/660x400/15147881256265.jpg|

ޝޯވް ބަލާލުމަށް ކާނިވާ ސަރަހަދަށް ޖަމާވި އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ މި ފަހަރުގެ ޝޯވްގައި ބައިވެރިވުމަށް އައި މަޝްހޫރު ދެ ފަންނާނުންކަމަށްވާ ރާހަތް ފަތަހް އަލީ ހާން އަދި މިކާ ސިންގ ހުށައެޅުންތަކަށެވެ. ދިވެހިންގެ މެދުގައިވެސް މަޤްބޫލް ލަވަތަކެއް ހުށައަޅަދީފައިވާ މި ދެ ފަންނާނުން ދިވެހިން ދީފައިވަނީ އަދާޔާ ތަރުހީބަކާއި ލޯތްބެކެވެ. ރާހަތާއި މިކާ ސިންގ ސްޓޭޖަށް އެރުމާއި އެކު މުޅި ސަރަހައްދު ކެކިގެން ދިޔައެވެ. މި ދެ ފަންނާނުންނަށް ދިވެހިން ބެހެއްޓި ގާތްކަމާއި ދިން މެހެމާންދާރީވަނީ ޝުކުރު އާދާކޮށްފައެވެ. މި ދެ ފަންނާނުންގެ ހުށައެޅުންތައް ވަކިވަކި ގެނެސްދިން ނަމަވެސް ޝޯވގެ ވަކި ހިސާބަކުން މި ދެ ފަންނާނުން އެއްކޮށްވެސް ފެނިގެންގޮސްފައިވެއެވެ.

ރާހަތައި މީކާ ސިންގ އިތުރުން ރޭގެ ޝޯވގައި ރާއްޖޭގެ ބައެއް ފަންނާނުންގެ ހުށައެޅުންތައްވެސް ފެނިގެންގޮސްފައިވެއެވެ. މީގެތެރޭގައި އަޝްފާ، ޔާމިން، ސޮއްޕެ، އަޝްރާ، ފާލިހް، ރިޒޫ، ލަހޫ އަދި ސަމާ ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/15147881750650.jpg|

2017 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަ ފަތުރުވެރިންގެ އަދަދު ފާހަގަކުރުމަށާ، އައު އަހަރަށް މަރުހަބާކިއުމަށް ބޭއްވި ޝޯވ ބަލާލުމަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވެއެވެ. މި ޝޯވގައި 2018 އަށް މަރުހަބާކިޔުމުގެ ކުރިން ނިމިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދު އިއުލާންކޮށްފައިވެއެވެ. ނިމިިދިޔަ 2017ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1 މިލިއަން 389 ހާސް 548 ފަތުރުވެރިންނެވެ. މީ އޭގެ ކުރީ އަހަރާއި ބަލާއިރު 7 އިންސައްތަ ކުރިއެރުމެކެވެ.