ވިޔަފާރި

އިންޝުއަރެންސްގެ ގޮތުގައި 117 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


2017 ވަނަ އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 117.8 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި ކަސްޓަމަރުންނަށް ދީފައިވާކަމަށް އެލައިޑް އިންޝުއަރެންސްއިން ބުނެފިއެވެ.

އެ ކުންފުނިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 2017 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ ސަތޭކަ ސަތާރަ މިލިއަން އަށްސަތޭކަ ފަންސަވީސް ހާސް ރުފިޔާ ވަނީ ދީފައެވެ. ހަމައެކަނި ޑިސެމްބަރު މަހުވެސް ސޯޅަ މިލިއަނަށްވުރެ ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި ކަސްޓަމަރުންނަށް ދީފައިވާކަމަށްވެސް އެލައިޑުން ބުނެއެވެ. 

އެލައިޑަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އިންޝުއަރެންސްގެ ޚިދުމަތް ތައާރަފްކުރި ކުންފުންޏެވެ. އެ ކުންފުނި އުފެއްދީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއި އެސްޓީއޯ ގުޅިގެން 1985 ވަނަ އަހަރުއެވެ. ނަމަވެސް 1987 ވަނަ އަހަރު އެލައިޑްގައި އޮތް ކޮމާޝަލް ޔޫނިއަންގެ ހިއްސާ އެސްޓީއޯ އިން ވަނީ ގަނެފައެވެ. އެލައިޑަކީ ރާއްޖޭގައި މިހާރުއޮތް އިންޝުއަރެންސް ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ.