ކުޅިވަރު

ޤައުމީ ކްރިކެޓް މުބާރާތުގެ ފައިނަލަށް މާލޭ ސްޕޯރޓްސް


ޤައުމީ ކުރިކެޓް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ މާލެ ސްޕޯރޓްސް ކަށަވަރުކޮށްފިއެވެ.

މާލެ ސްޕޯރޓްސް ފައިނަލުން ޖާގަ ހޯދީ ހުކުރު ދުވަހު ހެނދުނު ކުޅެންފެށި މެޗުގައި 59 ލަނޑުން ވިޔަންސާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ އިނިންގްސްގައި ވިޔަންސާއިން ކުޅެން އަރާ 47.4 އޯވަރުގެ ތެރޭގައި ހެދުނީ 134 ލަނޑެވެ. ދެވަނަ އިނިންގްސްގައި ވިޔަންސާއަށް 31 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. 

މާލެ ސްޕޯޓްސް ވަނީ 60 އޯވަރު ތެރޭގައި 270 ލަނޑު ހަދާފައެވެ. މުބާރާތުގެ ފައިނަލުގައި މާލެ ސްޕޯރޓްސް ވާދަކުރާނީ ސީބީއެލް ސްޕޯޓްސްއާއެވެ. ފައިނަލު މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ހެނދުނުއެވެ.