ކުޅިވަރު

ޕެނަލްޓީގައި އޭދަފުށި ބަލިކޮށް ގޮއިދޫ ޗެމްޕިއަންކަން ހޯދައިފި


ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ބ.ގޮއިދޫ ހޯދާއިފިއެވެ. 

އިއްޔެ ހަވީރު ބ.ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗް ގޮއިދޫން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އަކުން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 9-10 ލަނޑުން އޭދަފުށި ބަލިކޮށްގެންނެވެ. 

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އޭދަފުށިން. މިލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި މިމްރާހް އަބްދުލް އަޒީޒެވެ. ނަމަވެސް މިމްރާހް ލަނޑު ކާމިޔާބުކުރިތާ 2 މިނެޓްފަހުން ގޮއިދޫގެ އަލީ މާހިދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ގޮއިދޫގެ އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނާސިހް ޔޫސުފް އަދި ޝަމްއޫން ޖަމީލެވެ. 1-3ން ގޮއިދޫ މޮޅުވާން ދަނިކޮށް އޭދަފުށިން ވަނީ 2 ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭދަފުށީގެ ދެވަނަ ލަނޑު އަލީ ނަސީމް ކާމިޔާބުކޮށްދިން އިރު އޭދަފުއްޓަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުނައިސް ޒުބައިރެވެ. 

ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ގޮއިދޫން ޖެހި 11 ޕެނަލްޓީގެ ތެރެއިން ކާމިޔާބުނުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އޭދަފުށިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ މުހައްމަދު މާއިޝް އަދި ކީޕަރ މުހައްމަދު ޝާން ޖެހި ޕެނަލްޓީއެވެ. މި ދެ ޕެނަލްޓީވެސް ވަނީ ގޮއިދޫގެ ކީޕަރ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.