ކުޅިވަރު

ދާދު މާޒިޔާއަށް ސޮއިކޮށްފި


މިދިޔަ ތިން ސީޒަނުގައި ޓީސީގައި މޮޅު ކުޅުމެއް ދެއްކި ނާއިޒު ހަސަން (ދާދު) މާޒިޔާއަށް ސޮއިކޮށްފިއެވެ. 

އެއް އަހަރުގެ އެއްބަސްވުމެއްގައި ދާދު މާޒިޔާއަށް ސޮއިކުރި، އޭނާ ހޯދުމަށް ނިއުރޭޑިއަންޓުންވެސް މަސައްކަތްކުރިއެވެ. 

މާޒިޔާއަށް ގުޅުމަށްފަހު ނާއިޒު ހަސަން ބުނީ މި ކުލަބާއިއެކު ކާމިޔާބު ހޯދޭނެކަމަށް އުއްމީދުކުރާކަމަށާއި، ރަނގަޅު މެނޭޖްމަންޓެއް އޮތް މާޒިޔާގެ އަމާޒަށް ވާސިލްވުމަށް އެހީވެދޭން މަސައްކަތްކުރާނެކަމަށެވެ.

"މާޒިޔާއަށް ސޮއިކުރެވުމުން ހިތްހަމަ ޖެހިފައި މިހިރީ، ރަނގަޅު މެނޭޖްމަންޓެއް އޮތް ޓީމެއް މިއީ، މި ކުލަބާއިއެކު ކާމިޔާބީތަކެއް ހޯދުން އުއްމީދަކީ" ދާދު ބުންޏެވެ.

ދާދު އެންމެ ފުރަތަމަ ޓީސީއާއިއެކު ވިދާލީ 2014ވަނަ އަހަރު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައެވެ. އެ އަހަރު ދެވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދާދު ހޯދިއިރު، ޖެހިގެން އައި އަހަރު ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ދާދު ހޯދިއެވެ. ޓީސީން މިދިޔަ ތިން އަހަރު ފުރަތަމަ ޑިވިޝަންގައި ހޯދި ކާމިޔާބީތަކުގެ އެންމެ ހިއްސާ ބޮޑު ކުޅުންތެރިޔަކީ ނާއިޒް ހަސަންއެވެ. 

ނާއިޒްވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމްވެސް ދާދިފަހުން ހޯދާފައެވެ.