ޚަބަރު

ޝެންޒެންގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ މަޢުރަޒެއް މާލޭގައި


ޗައިނާގެ އެންމެ ބޮޑުއެއް ސިޓީކަމަށްވާ ޝެންޒެންގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ މަޢުރަޒެއް މާލޭގައި ބާއްވައިފިއެވެ. ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ފޮޓޯ މަޢުޒަރު ހުޅުއްވާ ދެއްވީ ޗައިނާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ޒަން ލިޒްހޮންގާ އާއި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ހާރިސް މުހައްމަދެވެ. 

މިއީ ޝެންޒެން ސިޓީ ތަރައްޤީވަމުން އައިސްފައިވާ ދުވެލި ދައްކުވައިދޭ ފޮޓޯތަކެއް ފެނިގެންދިޔަ މަޢުރަޒެކެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މަޢުރަޒު ހުޅުވުމުގެ ކުރިން އެމްއެމްޕީއާރުސީއަށް ޗައިނާ އެންބަސީގެ ވަފުދެއް ޒިޔާރަތްކޮށް، ދެފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިމަޢުރަޒުގައި ދައްކާލާފައިވަނީ ޗައިނާގެ މަޝްހޫރު ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތަކެވެ.