ކުޅިވަރު

ދޮންފަނު ބަލިކޮށް، ދޮންފަނު އިންވިޓޭޝަންކަޕް ފައިނަލަށް ގޮއިދޫ


ބޮޑު ތަފާތަކުން ދޮންފަނު ބަލިކޮށް، "ދޮންފަނު އިންވިޓޭޝަން ކަޕް" ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ގޮއިދޫ ފުޓްބޯޅަ ޓީމު ހޯދައިފިއެވެ.

 މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ގޮއިދޫން ކާމިޔާބުކުރީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ގޮއިދޫން މި މެޗްގައި ކާމިޔާބުކުރި 7 ލަނޑުގެ ތެރެއިން 4 ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނާފިޒުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ އޭނާއެވެ. ގޮއިދޫ ޓީމުން ކާމިބުކުރި އަނެއް ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނާސިހް ޔޫސުފް، ހުސައިން ޝާމް އަދި ހަސަން އިފްހާމްއެވެ. 

މި ނަތީޖާއާއެކު ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ގޮއިދޫ ނިކުންނަން ޖެހޭނީ އޭދަފުށްޓާ ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު ބ.ދޮންފަނު ފުޓްބޯޅަ ދަނޑުގައެވެ. މިއީ ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމްކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.