ޚަބަރު

އައްޑޫ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މާލެ ގެނެސްފި


އައްޑޫސިޓީ ހިތަދޫ ލިންކްރޯޑުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާ ރޭ ދަންވަރު މާލެގެނެސް އައިޖީއެމްއެޗް ގައި ފަރުވާދޭން ފަށައިފިއެވެ.

އިއްޔެ ހެނދުނު 9:50 ހާއިރު ލިންކްރޯޑުން ދުއްވާފައިދިޔަ ޕިކަޕަކާ ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން 13 އަހަރުގެ ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމް ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މަރުވެފައެވެ. މި ކުއްޖާ މަރުވެފައިވަނީ އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. މި ކުއްޖާގެ ކަށު ނަމާދާއި ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ހިތަދޫ ހުކުރު މިސްކިތުގައި އޮންނާނެއެވެ.

އެކްސިޑެންޓުގައި އަނިޔާވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ސައިކަލް ދުއްވަން އިން 21 އަހަރުގެ ސ. މަރަދޫ ހިރުދުގަސްދޮށުގެ ޙުސައިން އަނަސްއެވެ.