ޚަބަރު

ޓޯ ކޮށްފައިވާ 500 ސައިކަލް ނައްތާލުމަށް ތިލަފުއްޓަށް ގެންގޮސްފި


ޤަވައިދާ ހިލާފަށް ޕާކްކޮށްގެން ޓޯ ކޮށްފައިވާ 500 ވުރެ ގިނަ ސައިކަލް ނައްތާލުމަށް ތިލަފުއްޓަށް ގެންގޮސްފިއެވެ. 

ފުލުހުން ބުނީ ނައްތާލުމަށް ތިލަފުއްޓަށް ގެންދިޔަ ސައިކަލްތަކަކީ ޓޯ ކުރުމަށްފަހު އެތަކެއްޗާއި ހަވާލުވުމަށް ދިން  މުއްދަތުގައި ބަލައި އައިސްފައިނުވާ ސައިކަލްތަކެއްކަމަށެވެ.

ޤަވައިދާ ހިލާފަށް ޕާކްކޮށްފައި އުޅަނދުތައް ޓޯ ކުރުމަށްފަހު އެތަކެތީގެ ވެރި ފަރާތުން އެ ތަކެއްޗާއި ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް ލިބެއެވެ.

ފުލުހުން ބުނީ ނައްތާލުމަށް  ތިލަފުއްޓަށް ގެންދިޔަ 500 ސައިކަލަކީ މި އަހަރުގެ ތެރޭގައި ޓޯ ކޮށްފައިވާ ސައިކަލްތަކެއްކަމަށެވެ. ފުލުހުން ބުނީ ތިލަފުއްޓަށް ގެންދިޔަ ސައިކަލްތަކުގެ ވެރި ފަރާތަކަށް އެތަކެތި ލިބުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެ ގޮތުން ސައިކަލްގެ ލިޔުންތައް ހިފައިގެން ޓޯ ޔާރޑަށް ދިއުމުން ވެރިފަރާތާއި ސައިކަލް ހަވާލުކުރާނެކަމަށްވެސް ފުލުހުން ބުނެއެވެ. 

img:http://s2.psmnews.mv/images/660x400/15143010903680.jpg|ނައްތާލުމަށް ތިލަފުއްޓަށް ގެންދިޔަ ސައިކަލްތައް

ޤަވައިދާ ހިލާފަށް ޕާކްކޮށްގެން ޓޯ ކުރާތާ އުޅަނދުތައް 60 ދުވަހުގެ ތެރޭގައި އެ ތަކެތީގެ ވެރިފަރާތްތަކުން އަނބުރާ ގެންދިޔުމަށް ފުލުހުން އިލްތިމާސްކުރެއެވެ. 













.