ޚަބަރު

އައްޑޫ އެކްސިޑެންޓްގައި ޒަހަމްވި ކުއްޖާ މަރުވެއްޖެ


ހިތަދޫ ލިންކު ރޯޑުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 13 އަހަރުގެ ކުއްޖާ މަރުވެއްޖެއެވެ. މި އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ ގދ ވާދޫ ނެސްޓް އަރުޝަމް އިބްރާހީމްއެވެ. 

މިއަދު ހެނދުނު 9:50 ކަންހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ލިންކު ރޯޑުން ދުއްވާފައި ދިޔަ ސައިކަލަކާއި ޕިކަޕަކާއި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 21 އަހަރުގެ ސ މަރަދޫ ހިރުދުގަސްދޮށުގެ ހުސެއިން އަނަސަށްވެސް އެކިވަރުގެ އަނިޔާލިބިފައިވެއެވެ. މި ޒުވާނައަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. 

މި ޒުވާނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.