ޚަބަރު

ސޯމާލިއާގެ ދިދަ ނަގާފައިހުރި މަސް ބޯޓެއް އަތުލައިގެންފި


ސޯމާލިއާ ދިދަ ޖަހާފައިވާ ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެތެރެިން ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި ކޯސްޓްގާޑް ޝިޕް ހުރަވީއަށް މި މަސް ބޯޓު ފެނިފައިވަނީ މިރޭ 22:50 ހާއިރު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ތ.ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓުގައި ތައިލެންޑުގެ 10 ފަޅުވެރިން ތިބިކަމަށާއި، މިއީ "ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މި ބޯޓެއްކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. 

މި ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށް ބޯޓުގެ ކެޕްޓަނާ ޙަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ.