ޚަބަރު

"މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓް އަންނަ ޖުލައިމަހު ހުޅުވާނެ"


ނ.އަތޮޅު މާފަރުގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ އެއަރޕޯޓް ސިޓީ ހޮޓަލަކާއެކު ތަރައްޤީކޮށް އަންނައަހަރު ޖުލައިމަހުގެ ތެރޭގައި ހުޅުވާ ޚިދުމަތްދޭން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ. ހެނބަދޫގައި ޗަންޕާރ ބްރަދާސް އިން ޤާއިމްކުރާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.



ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިލަދުންމަޑުލު ހެނބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނ.މާފަރުގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ އެއަރޕޯޓް އަންނައަހަރުގެ ޖުލައިމަހުގެ 26 ވަނަދުވަހު ހުޅުވާ ޚިދުމަށްދޭން ފެށޭނެކަމަށް ވިދާޅުވިއެވެ. މި އެއާޕޯޓަކީ ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ސަރުކާރުގެ ހަދިޔާއެއްކަމަށާއި ޢަމަލީ މަސައްކަތް ފަށާތާ 6 މަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. އަދި މި އެއާޕޯޓާއެކު އިޤްތިޞާދީ އެންމެ ފަހި ފުރުޞަތުތައް ލިބޭ އަތޮޅަކަށް ނ. އަތޮޅު ވާނެކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުޅުމާލޭގައި ހަދާ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތްވެސް މިމަސްތެރޭގައި ނިންމާލެވޭނެކަމަށެވެ.



"މިހާރު އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށިއްޖެ.އެއަޕޯތް އަޅާ ސަރަޙައްދު ސާފުކޮށް ނިންމައިފި.އަމަލީ މަސައްކަތް ގާތްގަނޑަކަށް6 މަސްތޭރގައި ނިންމުމަށް ހުރިހާގޮތަކުން މަސައްކަތް ކުރަމުންގެންދަވަނީ މި އަހަރުގެ ނިޔަލަށް ،މިމަހުގެ ތެރޭގައި ވަރަށް ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ވެސް ހުޅުމާލޭގައި ނިމިގެން އެދަނީ އެ ހޮސްޕިޓަލްގެ ފަސޭހަކަންވެސް ރައްޔިތުންނަށް ލިބިގެންދާނެ. ތަޢުލީމީ ދާއިރާގައި ޒުވާނުން ބިނާކުރެއްވުމަށް ޗަމްޕާއިން ހޭދަކުރައްވާ." ރައީސް ވިދާޅުވިއެވެ.



މިމޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގައި ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ، ޚާއްސަކޮށް ޗަމްޕާ ބްރަދާސްގެ ހިއްސާ ބޮޑުކަމަށެވެ. މިގޮތުން ރާއްޖޭގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ކުރައްވާ ހޭދަ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށްވެސް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވަނީ ދިވެހިންގެ ހާލަތު ބަދަލުކުރާނީ ދިވެހިންކަމަށާއި ދިވެހިންގެ ހާލަތު ބަދަލުކުރުމަށް ބަޔަކު ނާންނާނެކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. ޤައުމީ ކަންކަމައިގެން އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތައް އަޑުއައްސަވާނެކަމަށާއި ނަމަވެސް ވަކި ސިޔާސީ ބޭނުމަށްޓަކައި މުޒާހަރާ ނުކުރެވިގެން ނުވަތަ  ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ދައްކަވާ ވާހަކަތައް އަޑު ނީވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ރާއްޖޭގައި ސުލްޙަމަސަލަސްކަން ޤާއިމްކުރުމާއިއެކު ޤައުމު ތަރައްޤީކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުންކަމަށްވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތަރައްޤީގެކަންކަމަށް ހިކުމަތްތެރިކަމެއްހުރިނަމަ އެކަމެއް ބަލައިގަންނާނެކަމަށެވެ. ޑިމޮކްރަސީއަކީ ޤައުމު ހަލަބޮލިކޮށް ބައިބައިކުރުން ނޫންކަމަށްވެސް ވިދާޅުވިއެވެ.

"ޑިމްކްރަސީއާ ހަމަޔަށް އައިސްގެ އަޅުގަނޑުމެން ޑިމޮކްރަސީގެ ހަމަމަތީ ތިބެވޭނީ އެންމެ ފުރަތަމަ އުނު އަންނާނެ ތަނަވަސްކަން ހުރެގެން.އަޅުގަނޑުމެންގެ ޖީބުތައް ފޫންވެގެން.އަޅުގަނޑުމެންގެ ކުދިން މަދަރުސާއަށް ތައުލީމަށްގެންދަން އަދި އޭގެ ފަހުން އެކުދިން މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ކަންކަން ކުރެވިގެން. އޭގެ ފަހުން ޑިމޮކްރަސީގެ ލަފްޒުވެސް އަޅުގަނޑުމެންނަށް އިގެންވާނީ" ރައީސް ވިދާޅުވިއެވެ.

ނ.އަތޮޅަކީ އެމަނިކުފާނަށް ވަރަށް ޚާއްސަ އަތޮޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނ.އަތޮޅުގައި ޚާއްސަ ބޮޑެތި އިންވެސްޓްމަންތައް ކުރިއަށްދާކަމަށެވެ.