ޚަބަރު

ހެނބަދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފައްޓަވާދެއްވައިފި


ޗަންޕާރ ބްރަދާސް އިން ނ. ހެނބަދޫގައި ޤާއިމްކުރާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީކޮށް ފައްޓަވާ ދެއްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން މުޅި ރަށުގައި ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް ޕަންޕް ސްޓޭޝަނަކާއި އިދާރީ އިމާރާތަކާއި އައުޓް ފޯލް ޕައިޕްލައިން އެޅުމަށް ހަމަޖެހިފައިވެއެވެ. ދާދި ދެންމެއަކު ހެނބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނ. އަތޮޅުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވާ އެމަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ތަރާއްޤީގައި ނ.އަތޮޅު ފާހަގަ ވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/15140998141216.jpg|ހެނބަދޫ ނަރުދަމާގެ އަމަލީ މަސައްކަތް ފައްޓަވާދެއްވައިފި

މަޝްރޫޢު ނިމިގެންދާއިރު މުޅިރަށުގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ގޭބީސީއަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ. މިރަސްމިއްޔާތުގަ ޗަންޕާ ބްރަދާސްގެ އެއްހިއްސާދާރު ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) އާއި އެމްޑީއޭގެ ލީޑަރ އާއި ނައިބް ލީޑަރާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.