ޚަބަރު

ސްރީލަންކާއިން އާސަންދަ ލިބުމުގައި ދިމާވި ދަތިތައް ހައްލުކުރެވިއްޖެ





ސްރީލަންކާގެ ހޮސްޕިޓަލް ތަކުން އާސަންދަހިދުމަތް ހޯދުމުގައި ދިމާވި މައްސަލަތައް މިހާރު ހައްލުކުރެވި ޚިދުމަތްދެމުންދާ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ. އާސަންދަ ކުންފުނީގެ މެނޭޖިންޑިރެކްޓަރު ނިޔާޒު މުހައްމަދު ވިދާޅުވީ ލަންކާގެ ހޮސްޕިޓަލް ތަކުންއާސަންދަ ލިބުމުގައި މާރޗް މަހުގެ ތެރޭގައި މައްސަލަތަކެއް ދިމާވި ކަމަށާއިމިހާރު އެ މައްސަލަ މުޅިން ހައްލުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ކިޑްނީ ބަދަލުކުރަން ބޭނުންވާ މީހަކަށްއެ ޚިދުމަށްވެސް އާސަންދައިގެ ދަށުން ކުރަމުންދާ ކަމަށާއިޑޯނާއެއް ހަމަޖެހިފައިވާނަމަ އޮޕަރޭޝަން ކުރުން ލަސްނުކޮށް މި ޚިދުމަށް ލިބެމުންދާ ހަމައެކަނި ހޮސްޕިޓަލު ކަމުގައިވާ އިންޑިއާގެ ގްލޯބަލް ހޮސްޕިޓަލުން އޮޕަރޭޝަން ކުރެވޭނެކަމަށްވެސް ނިޔާޒުވިދާޅުވިއެވެ. ނިޔާޒު އިތުރަށް ވިދާޅުވީ މިހާރު ވެސް އާސަންދަ ލިބޭ ހޮސްޕިޓަލް ތަކުންދޭހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށާއި ރަގަޅު އަގެއްގައި ހިދުމަތްލިބޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.


 


އާސަންދަ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން މުހިއްމުމަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް އާސަންދަ އޮފީހުން ބުނެއެވެ. ލަންކާގައި ހަތަރު ހޮސްޕިޓަލަކުން އާސަންދަގެ ހިދުމަތް ދޭއިރު އިންޑިއާގައި މި ހިދުމަށްދޭ 8 ހޮސްޕިޓަލެއް ހުރެއެވެ.