ތަޢުލީމު

ދިވެހި ޕްރިންސިޕަލުންގެ ނިސްބަތް އަންނަ އަހަރު %80 އިތުރުވާނެ


އަންނަ ދިރާސީ އަހަރު ފެށޭއިރު، ސްކޫލްތަކުގައި ތިބޭ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތް އަށްޑިހަ އިންސައްތައަށް އިތުރުވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ އުއްމީދާއި ކުރިއެރުން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ ސްކޫލްތަކުގެ ހިންގުމުގެ ތަފާސް ހިސާބަށް ބަލާއިރު، 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ސްކޫލްތަކުގައި ތިބި ދިވެހި ޕްރިންސިޕަލުންގެ ނިސްބަތް ހުރީ %40ގައިކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ދިރާސީއަހަރު ފެށޭއިރު ރައްޖޭގެ ކޮންމެ ދިހަ ސްކޫލަކުން އަށް ސްކޫލެއްގައި ޤާބިލް ދިވެހި ޕްރިންސިޕަލުން ތިބޭނެކަމަށް.

މިނިސްޓަރ ވިދާޅުވީ ދިވެހި ޕްރިންސިޕަލުން ސްކޫލްތަކަށް ހަމަޖެހިގެންދިޔުމުން، ބެލެނިވެރިންނާއި، ސްކޫލާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި ކުރިއެރުމަށްވެސް ބޮޑު އެހީތެރިކަމަކަށްވެގެންދާނެކަމަށް.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ތީޗަރުންނާއި ޕްރިންސިޕަލުންނަކީ ސަތޭކަ އިންސައްތަ ދިވެހިންނަށް ހެދުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެއް. އަދި މި އަމާޒަށް ވާސިލްވުމަށް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން ބޮޑު ކުރިއެރުމެއް ހާސިލްކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ.