ދުނިޔެ

ރޮއިޓަރސް ނޫސްވެރިންގެ މައްސަލަ ފުލުހުން ބަލަނީ


މިޔަންމާގެ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ރޮއިޓަރސްގެ ދެ ނޫސްވެރިންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަޔައިގެން ކުރިއަށް ދިއުމަށް އެ ޤައުމުގެ ސަރުކާރުން މިޔަންމާގެ ފުލުހުންނަށް ޢަމުރުކޮށްފިއެވެ.

ބައިނަލްއަޤުވާމީ ނޫސް އޭޖެންސީއެއް ކަމަށްވާ ރޮއިޓަރސްއަށް ނިސްބަވްތާ މިޔަންމާގެ ދެ ނޫސްވެރިން، ޢުމުރުން ތިރީސް އެއް އަހަރުގެ ވަ ލޯންއާ އުމުރުން ހަތާވީސް އަހަރުގެ ކިޔައު ސޮއި އޫ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު މިޔަންމާގެ އެންމެ ބޮޑު ރަށް ކަމަށްވާ ޔަންގޫންގައެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އޮފިސަރުންތަކަކާ އެކު ކެއުމަކަށް ދިއުމަށް ދިން ދައުވަތެއް ޤަބޫލުކުރި ފަހުން ކަމަށް ރޮއިޓަރސްއިން ރިޕޯޓް ކުރެއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިޔަންމާގައި އިނގިރޭސިން އިސްތިޢުމާރީ ވެރިކަންކުރި ދުވަސްކުރި ޢަމަލު ކުރި، ދަޢުލަތުގެ ސިއްރު ހިފެހެއްޓުމާ ބެހޭ ޤާނޫނަކާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

މިޔަންމާގެ ލީޑަރު އައުންގް ސާން ސޫޗީގެ ތަރުޖަމާނު ޒައު ތޭއި ވިދާޅުވީ، މިޔަންމާގެ ދާޚިލީ ވުޒާރާއިން މި ދެ ނޫސްވެރިންގެ މައްސަލަ މިހާރު ރިޔާސީ އިދާރާއަށް ފޮނުވާފައިވާކަމަށެވެ.

 އަދި މި މައްސަލައިގައި ޤާނޫނީ ގޮތުން ދެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުގެ ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށް.

މިޔަންމާއިން ހިފަހައްޓާފައިވާ ރޮއިޓަރސްގެ ދެ ނޫސްވެރިން މިނިވަންކުރުމަށް ގިނަ ޤައުމުތަކުން ވަނީ ގޮވާލާފައެވެ.

އެ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނެއެވެ.

އދން ވެސް ވަނީ މިކަމަށް ބާރު އަޅާފައެވެ.