ކުޅިވަރު

ބާސާއިން ރިއާލްއަށް ގާޑް އޮފް އޮނަރއެއް އަރުވަން ރޮނާލްޑޯ އެދެފި


އަންނަ ހަފުތާގައި ކުޅޭ އެލް ކްލެސިކޯ މެޗުގައި ބާސެލޯނާއިން ރެއާލް މެޑްރިޑަށް ގާޑް އޮފް އޮނާރއެއް އަރުވަން ރެއާލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެދެފިއެވެ.

ފާއިތުވެދިޔަ ދެ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ބުނީ ރެއާލް އަކީ ކުލަބު ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެ އަހަރު ކާމިޔާބު ކުރި ފުރަތަމަ ޓީމު ކަމަށާއި މިހެންވެ އިހްތިރާމާއި ގަދަރުދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މި ދެ ކުލަބަކީ ދުނިޔޭގެ އެންމެ ވާދަވެރި ދެ ކުލަބަށްވާއިރު މި މެޗަކީ އެތައް ގޮތަކުން ފޯރިގަދަވާނެ މެޗެކެވެ. ސަބަބަކީ ރޮނާލްޑޯ އާއި ބާސެލޯނާގެ ލަޔޮނަލް މެސީ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ވާދަވެރި ދެ ކުޅުންތެރިންނަށްވުމެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ބެލޮންޑީއޯ ނުވަތަ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައެވެ. މިހެންވެ ރޮނާލްޑޯ ބުނީ ފާއިތުވެދިޔަ ތިން ހަތަރު އަހަރުތެރޭގައި ތިން އަހަރު އޭނާ މި މަގާމު ހޯދުމުން ބާސެލޯނާގެ ސަޕޯޓަރުން އެކަން ބަލައިގަނެ އިހްތިރާމް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ދެ ޓީމުގެ މެދުގައި 8 ޕޮއިންޓްގެ ފަހަރެއް އޮތް ނަމަވެސް ރޮނާލްޑޯ ބުނީ މި މެޗު ރެއާލް އަށް ކާމިޔާބު ކުރެވިއްޖެނަމަ ލީގު ހޯދުމުގެ ހޯދުމުގެ ރޭސް ވަރަށް ވާދަވެރިވާނެ ކަމަށެވެ. ސްޕެނިޝް ލީގުގެ ކުރީގައި މިވަގުތު ބާސެލޯނާ އޮތީ 39 ޕޮއިންޓާއެކުގައެވެ. ރެއާލް އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.