ކުޅިވަރު

ގްރީޒްމަން ހޯދަން ބާސާއިން އޭނާގެ އާއިލާއާއި މަޝްވަރާކޮށްފި


އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރީޒްމަން ގަތުމަށް ބާސެލޯނާއިން ކުޅުންތެރިޔާގެ އާއިލާއާ މަޝްވަރާކޮށްފިއެވެ.

ސްޕެއިނުގެ މީޑިޔާތަކުން ބުނާގޮތުގައި މި މަޝްވަރާތަކުގައި ބައިވެރިވީ ބާސެލޯނާގެ ރައީސްއާއި ކުޅުންތެރިޔާގެ ދައްތައެވެ. ގްރީޒްމަންގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ މީހަކީ އޭނާގެ ދައްތައެވެ.

އަންނަ ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވާން ގްރިއެޒްމަން ވެސް ބޭނުންވާއިރު އެތްލެޓިކޯ މެޑްރިޑުން ވެސް ވަނީ މިއީ ވުން ވަރަށް ގާތްކަމެއް އިޝާރާތްކޮށްފައެވެ. ނަމަވެސް މިއީ އޭނާ ގަތުމަށް މަސައްކަތް ކުރާ މެންޗެސްޓާ ޔުނައިޓެޑް ހިތާމަވެރި ޚަބަރެކެވެ.

ގްރީޒްމަން ގަތުމަށް ބާސެލޯނާއިން 100 މިލިއަން ޔޫރޯ ހަރަދުކުރާނެއެވެ. އޭނާ ބާސެލޯނާ އަށް އައުމަށް އެ ޓީމުގެ ތަރި ލަޔޮނަލް މެސީ ވެސް ވަނީ ކުޅުންތެރިޔާގެ ކިބައިން އެދިފައެވެ.