މުނިފޫހިފިލުވުން

އައިޑަލް ސީޒަން 3 ގެ މާލޭ ސިޓީގެ އޮޑިޝަންތައް ފަށައިފި


މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ މާލޭ ސިޓީގެއޮޑިޝަންތައް މިއަދު ފަށައިފިއެވެ.

ކުރީގެ 2 ސީޒަނާއި ޚިލާފަށް، މިފަހަރުގެ ސީޒަންގެ މާލޭސިޓީގެ އޮޑިޝަންތައް ކުރިއަށްދަނީ ރަސްރަނި ބަގީޗާގައެވެ. މިފަހަރުގެއޮޑިޝަންތަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

"މޯލްޑިވިއަން އައިޑަލް" މި ޝޯވއަކީ މިއުޒިކުގެ ދާއިރާއިން ރާއްޖޭގައިކުރިއަށްދާން ބޭނުންވެފައިތިބި ޒުވާނުންނަށް ޕީ.އެސް.އެމްގެ ފަރާތުން ހުޅުވާލަދިންރަނުގެ ފުރުޞަތެކެވެ. މިއީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އަދި އެންމެކާމިޔާބު ރިއަލިޓީ ޝޯވވެސްމެއެވެ.

މޯލްޑިވިއަން އައިޑަލްގެ ކުރީގެ 2 ސީޒަން ކާމިޔާބުކަމާއެކުބެލުންތެރިންނަށް ގެނެސްދީފައިވާއިރު، މިފަހަރުގެ ސީޒަނުންވެސް ބޮޑެތިތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ބުނެއެވެ.

އައިޑަލްގެ 3 ވަނަ ސީޒަން ރަސްމީކޮށްލޯންޗްކޮށްފައިވާއިރު، މިފަހަރުގެ ސީޒަންގައި ޖަޖުންގެ ގޮތުގައި 4 ފަންނާނުންފެނިގެންދާނެއެވެ. މިފަހަރުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ، މަރިޔަމް އުނޫޝާ،އިސްމާއިލް އައްފާން، އަޙުމަދު އިބްރާހިމް އަދި ޒާރާ މުޖްތަބާއެވެ.ޕްރެޒެންޓަރުންގެ ގޮތުގައި ސީޒަން ތިނެއްގެ ފެނިގެންދާނީ މޫސާ ވަސީމް އާއި ޝައިނާޝަރީފެވެ.

މޯލްޑިވިއަން އައިޑަލްގައި ބައިވެރިވުމުގެ ފުރުޞަތުއުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލިއިރު، މިފަހަރުގެސީޒަނަށްވެސް ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ.

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގައި ބައިވެރިވުމަށްމާލޭ ސިޓީން އެކަނިވެސް ގިނަ އަދަދެއްގެ ޒުވާނުން ރަސްރަނި ބަގީޗާއަށްގޮސް،ރަޖިސްޓްރީވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މާލޭ ސިޓީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެއޮޑިޝަންތައް ރާއްޖޭގެ 2 ސަރަޙައްދެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ ރ.އުނގޫފާރާއި، އައްޑޫ ސިޓީ ހިތަދޫގައި. މި 2 އޮޑިޝަނަށްވެސް ބޮޑު ތަރުޙީބެއްލިބިގެންދިޔަކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. ފްރެންޗައިޒްއުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަންއައިޑަލްއިން ރާއްޖޭގެ މިއުޒިކީ ދާއިރާއަށް ކާމިޔާބު ތަރިންތަކެއްނެރެދީފައިވާކަން ފާހަގަކޮށްލެވެއެވެ.ަ