ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ މުހިންމު އެވޯޑްތަކެއް ރާއްޖެއަށް!


RESORTS FILE VIDEO

ވޯލްޑް ޓްރެވަލް އެވޯޑްސް 2017ގެ ދުނިޔޭގެ އެންމެ މަޤްބޫލް ހަނީމޫން ޑެސްޓިނޭޝަން އަދި ޑައިވް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 2017 ގެ ގާލާ ބާއްވާފައިވަނީ ވިއެޓްނާމްގެ ޖޭ.ޑަބްލިއު މެރިއޮޓް ހޮޓެލްގައެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލްވެވަޑައިގަތީ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ހާރިސް މުހައްމަދެވެ. މިކަމާ ބެހޭ ގޮތުން ހާރިސް ވިދަޅުވީ މިއީ ރައްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް ފަހުރުވެރި އެވޯޑެއްކަމަށެވެ. އަދި މިއީ ރާއްޖެއާމެދު ފަތުރުވެރިން ހިއްހަމަޖެހޭމިންވަރު ރަމްޒުކޮށްދޭކަމެއްކަމަށް ހާރިސް ވިދާޅުވިއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސް 2017ގެ އިތުރު ދިހަ ކެޓަގަރީއަކުން ރާއްޖޭގެ ރިޒޯޓް ހޮޓާތަކަށް އެކިއެކި އެވޯޑްލިބިފައިވެއެވެ. މިގޮތުން ޓްރާންސް މޯލްޑިވިއަން އެއަރވޭސްއިންވަނީ އެންމެ މަޤްބޫލް ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ހާސިލްކޮށްފައިވާއިރު، ހުޅުލެ އައިލެންޓް ހޮޓެލުންވަނީ އެންމެ މަޤްބޫލް އެއަރޕޯޓް ރިޒޯޓް އެވޯޑް ހާސިލްކޮށްފައެވެ. ރާއްޖެއިން މިކެޓަގަރީތަށް ކާމިޔާބުކޮށްފައިވަނީ ތައިލޭންޑް އިންޑޮނީޝިއާ، ހަވާއީފަދަ ބޮޑެތި މަންޒިލްތަކާ ވާދަކޮށްގެނެވެ. ރާއްޖެއިން ދަނީ ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ އެވޯޑްތަކެއް ހާސިލްކުރަމުންނެވެ.