ޚަބަރު

ތިން އަހަރުގެ ތެރޭ ޤުރުއާން ހިތުދަސްކޮށްދޭ ކޯހެއް ފަށަނީ


ތިން އަހަރުން ގުރުއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެއް އިސްލާމިކް ޔުނިވާސިޓީ އިން އަންނަ ޖެނުއަރީ މަހު ފެށުމަށް ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕްރޮގްރާމަކީ ހާފިޒް ކަމުގެ ސަނަދަށްފަހު އެ ދާއިރާގެ ޑިގްރީ ޕްރޮގްރާމަށް ވަދެވޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި، ހާފިޒް ކަމުގެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ހިފްޒުގެ ބައިތައް ތިން އަހަރަށް ބަހާލުމަށްފަހު ކަމަށެވެ.

އަދި ތަޖުވީދު އިލްމާއި އަރަބި ބަހާއި ފިގުހުގެ ބައިތައް ހިމަނާފައިވާނެ ކަމަށާއި އެ ކޯސް ނިންމުމަށްފަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ އޮންނަ މީހުންވެސް ބިނާކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ހިންގާ ފުރަތަމަ ޕްރޮގްރާމް ކަމަށެވެ.