ވިޔަފާރި

އުރީދޫއިން ލަވަފޮށި ޕްރިމިއަމް ތަޢާރަފްކޮށްފި


އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ހިލޭ ބޭނުންކުރެވޭގޮތަށް ލަވަފޮށި ޕްރިމިއަމް ތަޢާރަފްކޮށްފިއެވެ. މިއާއިއެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކޮށް، ލަވަތައް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ލަވަފޮއްޓަކީ ސްޓްރީމްކޮށް ގެން ދިވެހި ގިނަ ލަވަތައް އަޑުއެހުމުގެ ފުރުސަތު ލިބޭ ޚިދުމަތެކެވެ. އުރީދޫއިން ތަޢާރަފްކުރި "ލަވަފޮށި ޕްރިމިއަމް" މެދުވެރިކޮށް 10،000 އަށްވުރެ ގިނަ ދިވެހި ލަވަ ސަބްސްކްރައިބް ކޮށް ބޭނުންކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިޭނެއެވެ. އަދި މި އެޕްގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އިޝްތިހާރަކާނުލާ އޮފްލައިންކޮށް އަޑުއަހާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ލަވަފޮއްޓަކީ އަރަމުން އަންނަ ދިވެހި ފަންނާނުން ކުރިއަރުވާ، ޑިޖިޓަލް ކޮންޓެންޓް އުފައްދާ ޕްރޮމޯޓް ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެކެވެ.