ތަޢުލީމު

ލާހޯރު ޔުނިވަރސިޓީން ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ހުޅުވާލައިފި


ޕާކިސްތާންގެ ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސް، (އެލް.ޔޫ.އެމް.އެސް) އިން އަންނަ އަހަރަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސާކް ޤައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލާފައިވާ މި ސްކޮލާޝިޕްތަކަށް ދިވެހި ދަރިވަރުންނަށްވެސް ކުރިމަތިލެވޭނެއެވެ.

މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވާނީ ދަރިވަރުންގެ ތައުލީމީ ފެންވަރާއި، މާލީ ތަނަވަސްކަން ހުރި މިންވަރަށް ބެލުމަށްފަހުގައިކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

ޝާހިދު ޙުސެއިން ފައުންޑޭޝަން ސްކޮލަރޝިޕްގެ ނަމުގައި ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސްއިން ސާކުގެ ޤައުމުތަކަށް ހުޅުވާލި މި ފުރުޞަތުގައި އެ ޔުނިވަރސިޓީން ކުރިއަށްގެންދާ އަންޑަރ-ގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބެރިވެވޭނެއެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި އެކައުންޓިންގ އެންޑް ފައިނޭންސް، ކެމިސްޓްރީ، ބައެލޮޖީ، ކެމިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް އަދި އިލެކްޓްރިކަލް އިންޖިނިއަރިންގ ފަދަ ދާއިރާތަކާއި ގުޅޭ ކޯސްތައް ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި، ކޯސްތަކާ ގުޅޭ އެހެނިހެން ތަފްސީލްތައް ޔުނިވަރސިޓީގެ އޮފިޝަލް ވެބްސައިޓުން ލިބޭނެކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.