ޚަބަރު

ލޯންޗެއް ފަރަށް އަރައިފި


ހދ ކުޅުދުއްފުށިން ފުރައިގެން  ބ ތުޅާދޫއަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ނުލިބެއެވެ.

'ސީއެކްސްޓްރީމް' ނަމަކަށްކިޔާ މިލޯންޗް އެރީ ބ އަތޮޅު ފަރެސް ފަރަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މިރޭ ހިނގި މި ހާދިސާގައި ލޯންޗްގެ ބަނޑުފިލާ ފަޅައިގެންގޮސް ލޯންޗަށް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހާދިސާ ހިނގިއިރު ކުޑަކުއްޖަކާއި އެކު ހަ މީހުން ލޯންޗުން ދަތުރު ކުރިކަމަށް މައުލޫމާތު ލިބެއެވެ.