ޚަބަރު

ބާލީ ޑިމޮކްރަސީ ފޯރަމްގައި ބައިވެރިވުމަށް ސަރީރު ޖަކާޓާއަށް


ދިހަވަނަ ބާލީ ޑިމޮކްރަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އިންޑޮނީޝިއާގެ ޖަކާޓާއަށް ވަޑައިގެންފިއެވެ. ބާލީ ޑިމޮކްރަސީ ފޯރަމް އޮންނާނީ މިމަހުގެ 7 އިން 8 ކަށް އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައެވެ.

2008ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބާލީ ޑިމޮކްރަސީ ފޯރަމަކީ ޤައުމުތަކުގެ ސަރުކާރުގެ އޮފިޝަލުން އަދި މުއައްސަސާތަކުން ބައިވެރިވާ ފޯރަމެކެވެ. މިފޯރަމުގެ މަޤްސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގައި ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކޮށް ޤައުމުތަކުގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާއި މިކަމަށް ހުރި ގޮންޖެހުންތަކާބެހޭ ގޮތުން މަޝްވަރާކުރުމެވެ. ބާލީ ޑިމޮކްރަސީ ފޯރަމްގެ މިއަހަރުގެ މައުޞޫއަކީ "ޑަޒް ޑިމޮކްރަސީ ޑެލިވާ" އެވެ. 

މިފޯރަމްގެ ޖެނެރަލް ޑިބޭޓްގެ ތެރެއިން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.