ޚަބަރު

ދުނިޔޭގެ އެންމެމޮޅު ޖެނެރަލް މެނޭޖަރުގެ މަގާމު ގައިސަރަށް


ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ މަޤާމު، ވިލާ ހޮޓެލް އެންޑް ރިސޯޓް ގުރޫޕްގެ ޖެނެރަލް މެނޭޖަރު، ޤައިސަރު ނަސީމަށް ލިބިއްޖެއެވެ.

ސްވިޓްޒަލޭންޑްގައި ބޭއްވި ހަފްލާއެއްގައި، ޤައިސަރަށް އެވޯޑު ލިބުނީ  ދުނިޔޭގެ އެކި ބައްރުތަކުގައި މަސައްކަތް ކުރާ މަޝްހޫރު ހޮޓެލް ބްރޭންޑްތަކުގެ ޖެނެރަލް މެނޭޖަރުންނާ ވާދަކޮށްގެންނެވެ. މިއީ ޓޫރިޒަމް ދާއިރާގައި ދިވެއްސަކަށް މިހާ ޝަރަފްވެރި އެވޯޑެއް ލިބުނު ފުރަތަމަ ފަހަރުއެވެ.

ޤައިސަރަކީ ޓޫރިޒަމް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ބޭފުޅެކެވެ.

މި އަހަރު ގްލޯބަލް ކެޓަގަރީގެ އެވޯޑު ޤައިސަރަށް ލިބުނުއިރު މިދިޔަ އަހަރު އޭނާއަށް ވަނީ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑުގެ އިންޑިއަން އޯޝަން ބައިގެ އެންމެ މޮޅު ޖީއެމްގެ އެވޯޑުވެސް ލިބިފައެވެ.

ޤައިސަރުގެ އިތުރުން، ޕެރަޑައިސް އައިލެންޑް ރިސޯޓަށް ވެސް ވަނީ ދެ އެވޯޑެއް ލިބިފައެވެ. އެ ރިސޯޓަށް ލިބިފައިވަނީ އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ ލަގްޒަރީ ބީޗް ރިސޯޓުގެ އެވޯޑާއި ގްލޯބަލް ކެޓަގަރީ އިން ލިބުނު ލަގްޒަރީ މޫދު ވިލާ އެވޯޑްއެވެ.