ކުޅިވަރު

ޕޮލިސް ކްލަބްގެ މައްޗަށް މޯލްޑިވިއަން ކުރި ހޯދައިފި


ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކްލަބްގެ މައްޗަށް މޯލްޑިވިއަން ކުރި ހޯދައިފިއެވެ. 

ޕޮލިސް ކްލަބްގެ މައްޗަށް މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް މޯލްޑިވިއަން ގެންދިޔައީ 25-20، 25-22 އަދި 25-23 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ މުރާދު ޖީހާންއެވެ. 

މިއީ ލީގުގައި މޯލްޑިވިއަން ކުޅުނު ފުރަތަމަ މެޗެވެ. މޯލްޑިވިއަންގެ ތިންވަނަ މެޗުގައި މާދަމާރޭ ނިކުންނާނީ ސީލައިފްއާ ދެކޮޅަށެވެ. މިއީ ޕޮލިސް ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗު މާޒިޔާއާއި ވާދަކޮށް ސީދާ ތިން ސެޓުން ޕޮލިސް ވަނީ ކާމިޔާބުކޮށްފައެވެ. 

ލީގުގައި މިއަދު ހަވީރު ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި މޯލްޑިވިއަން ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މިއީ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗެވެ. މިދެޓީމްގެ އިތުރުން އަންހެން ޑިވިޝަންގައި ވާދަކުރަނީ ޕޮލިސް ކްލަބެވެ.