ޚަބަރު

ވެމްކޯއިން ވިލިމާލޭގެ ގޭގެއިން ކުނި އުކާލުމުގެ ޚިދުމަތް ފަށައިފި.


ވެމްކޯއިން ވިލިމާލޭގެ ގޭގެއިން ކުނި އުކާލުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ. ވިލިމާލޭގެ ސަތޭކަ އަށްޑިހަ އެއް ގެއަކުން ކުނިއުކާލުމުގެ ޚިދުމަތަށް އެދި ރަޖިސްޓްރީކޮށްފައިވާކަމަށް ވެމްކޯއިން  ބުނެއެވެ.ވެމްކޯގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ފާތިމަތު ޝަމްވީލާ ވިދާޅުވީ ވިލިމާލޭގައި އަދި ފަށާފައިވަނީ ވަކި ވަކި ގޭބިސީތަކުން ކުނި އުކާލުމުގެ ޚިދުމަތްކަމަށެވެ. އަދި ވަރަށް އަވަހަށް ވިިޔަފާރިކުރާ ތަންތަނުންނާއި، އިމާރާތުގެ ހުރިހާ ގޭބިސީއަކުން އެ ޢިމާރާރެއްގެ ތިރީގައި ޑަސްބިން ބަހައްޓައިގެން ކުނި ނެގުމުގެ ޚިދުމަތް ފަށާނެކަމަށްވެސް ޝަމްވީލާ ވިދާޅުވިއެވެ.

ވިލިމާލޭގެ ކުނި ނެގުމުގެ މަސައްކަތުގައި މިހާރު 17 ވެށި ފާރަވެރިން މަސައްކަތްކުރަމުންދާކަމަށާއި ހިދުމަތަށް އެދޭ މިންވަރުން ވެށިފާރަވެރިން އިތުރާކުނެކަމަށްވެސް ޝަމްވީލާ ވިދާޅުވިއެވެ. ވިލިމާލޭގައި ކުނި ނެގުމަށް ތިން އުޅަނދު ބޭނުންކުރާއިރު މި އުޅަނދުތަކަކީ ތިމާވެއްޓާއި ރަށްޓެހި ތިން ފުރޮޅު ލީ އުޅަނދުތަކެއްކަމަށް ވެމްކޯއިން ބުނެއެވެ.