ޚަބަރު

މަޑިފުށިން ބަލިމީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި


ތ.މަޑިފުށީ ހެލްތު ސެންޓަރުގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ. 

ހަވީރު 17:30 ހާއިރު މާލެ ގެނައި މި ބަލިމީހާއަކީ 62 އަހަރުގެ ފިރިހެނެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ތޫފާން އޯޗީއާއި ގުޅިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހެލިކޮޕްޓަރުގައިވެސް ބަލި މީހުން ގެނައުމަށް ދަތިތަކެއް ދިމާވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ހެލިކޮޕްޓަރުގައި އެމްއެންޑީއެފުން އިއްޔެވެސްވަނީ ތ.ދިޔަމިގިލިން ބަލިމީހަކު މާލެ ގެނެސްފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ކުއްލި ޙާލަތުގައި މާލެ ގެންނަންޖެހޭ ފަރާތްތައް މާލެ ގެނައުމުގައި އެމްއެންޑީއެފުން ގެންދަވަނީ ވައިގެ މަގުންނާއި ކަނޑު މަގުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.