ޚަބަރު

ލަންކާއާއި އިންޑިއާއަށް ގުޅުމަށް ޚާއްސަ ރޭޓްތަކެއް ކަނޑައަޅައިފި


އިންޑިއާ ކަނޑުގައި އުފެދިފައިވާ "އޯޗީ" ތުފާނާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށާއި އިންޑިއާއަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާތީވެ އެ ދެގައުމަށް ގުޅުމަށް ޚާއްޞަ ރޭޓެއް އުރީދޫން ކަނޑައަޅައިފިއެވެ.

އުރީދޫން ބުނީ އިންޑިއާއާ ދިމާލަށް ދަތުރުކުރަމުންދާ ތޫފާނު އޯޗީ އާއި ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅޭ އާއިލާ އާއި ގާތްތިމާގެ މީހުންނަށް ފަސޭހަކަމާއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހާއްޞަ ރޭޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މިއަދާއި މާދަމާގެ ނިޔަލަށް މިނެޓަކަށް 2.09ރ. ގެ ރޭޓުން ލަންކާއަށް ގުޅޭއިރު، މިނެޓަކަށް 0.99ރ.ގެ ރޭޓުން އިންޑިއާއަށް ގުޅޭނެ ކަމަށް އުރީދޫން ބުނެއެވެ.

ލަންކާއަށް އެރި ކޮޅިގަނޑު ތޫފާނާކަށް ބަދަލުވެފައިވާއިރު އޭގެ އަސަރު ރާއްޖެއަށް ވެސް ދަނީ ކޮންމެވެސް ވަރަކަށް ކުރަމުން އެގޮތުން ރާއްޖޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެއެވެ. އަދި ކަނޑުމާތީގެ ހާދިސާތައްވެސް ހިނގާފައިވެއެވެ.