ޚަބަރު

"ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ލެއްޕުމަށް ސަމާލުވޭ"


އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން، ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ލެއްޕުމަށާއި ޓެރަސް މަތީގައި ހުންނަ އެއްޗެއްހިވެސް ރައްކާތެރިކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން މިކަމަށް އިލްތިމާސް ކުރީ މިހާރު ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ވައިގަދަވުމުގެ ސަބަބުން ބައެއް ތަކެތި ވަޔާ ގެންގޮސްދާނެތީއެވެ.

އެމްއެންޑީއެފް އިން ވަނީ އިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ގަދަ ވަޔާއެކު އެއްލާލާ، މީހުންނަށާއި ތަކެއްޗަށް ގެއްލުންވެދާނެތީ ރަނގަޅަށް އެތަންތަން ބަންދުކުރުމަށް އެދިފައެވެ. އަދި ގަސް ޕޮޓުތައް ހިމެނޭގޮތަށް ޓެރަސް މަތީގައި ހުންނަ ތަކެތިވެސް ގަދަވަޔާއެކު ވެއްޓިދާނެތީ ރައްކާތެރިކުރުމަށް އެމްއެންޑީއެފްއިންވަނީ އެދިފައެވެ.

ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަޑުގެ ސަބަބުން  އުތުރުގެ އަތޮޅުތަކަށްދަނީ ގަދަ ވަޔާއެކު ވިއްސާރަކުރަމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހއ.އިންފެށިގެން ވ. އަތޮޅުގެ ރަށްތަކާއި ހިސާބަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯ އެލާރޓް ނެރެފައެވެ.