ތަޢުލީމު

ވޯލްޑް ބޭންކުގެ އެހީތެރިކަމާކު ޢިލްމީ ދިރާސާއެއް ހަދަނީ


ވޯލްޑް ބޭންކްގެ އެހީއާއެކު ތަޢުލީމީ ދާއިރާ އިތުރަށް ތަރައްޤީކޮށް، ޒުވާނުން ވަޒީފާތަކަށް ތަމްރީންކޮށް މަސައްކަތްތަކަށް ނެރުމަށްޓަކައި 5 އަހަރުދުވަހުގެ މަޝްރޫޢެއް އަންނަ އަހަރު ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯން ލިބުނު ދަރިވަރުންނަށް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ލޯން ލިބުނު ކުދިންނަށް އެކަމުގެ ރަސްމީ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ އަންނަ އަހަރު ޖުލައިމަހު ވޯލްޑް ބޭންކްގެ އެހީއާއިއެކު، ތަޢުލީމްގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ޒުވާނުން ވަޒީފާތަކަށް ތަމްރީންކޮށް، މަސައްކަތްތަކަށް ނެރުމަށްޓަކައި 5 އަހަރުދުވަހުގެ މަޝްރޫޢެއް ފަށާނެކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ތަފާތު ބޭނުންތަކާއި، ސިނާޢަތްތައް ދެނެގަތުމަށްޓަކައި 'ވޯލްޑް ބޭންކުގެ އެހީތެރިކަމާކު، ޢިލްމީ ދިރާސާއެއް ހެދުމަށް ކަނޑައަޅައި، އެކަމުގެ ޢަމަލީ މަސައްކަތް އަންނަ  މަހު ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ." ރާއްޖެއަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަކީ ރާއްޖޭގެ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓް ތަކަކަށް ވެގެންދާނެކަން. އެގޮތުން ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ ތަންތަނުން ދޭ ޚިދުމަތް ފުޅާކޮށް، ތަރައްޤީކޮށް، އެތަންތަނުން ދެ ތަޢުލީމްގެ ފެންވަރު ފުޅާކުރުމަކި މި އިންވެސްޓް މަންޓް ތަރައްޤީ ކުރުމުގައި ކުރަންޖެހޭ މުހިއްމު ކަމެއްކަމަށް" ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެއެވެ.2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދުނިޔޭގެ ތަޢުލީމީ އެޖެންޑާއާއެކު ،އެކި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ އެޖެންސީތަކުން މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ޤައުމުތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުންކަންވެސް މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ.