ޚަބަރު

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ގ.އަތަ ޔޫސުފް މާނިޢު މުޙައްމަދު އެ ކޮމިޝަނުގެ ރައީސްކަމުންނާއި މެމްބަރުކަމުން ވަކިކުރުމުން އެ މަޤާމް ހުސްވުމުންނެވެ. 

ރައީސް އޮފީހުން ބުނީ އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.