ޚަބަރު

ދައުލަތުގެ ކުންފުނިތަކުގެ ބޯޑަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް


ދައުލަތުގެ ކުންފުނިތަކުގެ ބޯޑުމެންބަރުންނަށް އަމާޒުކޮށްގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

މި ޕްރޮގްރާމްގައި ދައުލަތުގެ ކުންފުނިތަކުގެ ބޯޑް މެންބަރުގެން މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކާ ބެހޭ މައުލޫމާތު ޙިއްޞާ ކުރުމާއި އެފަރާތްތަކުގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކުރާނެ ކަންތައްތަކާއި ގުޅޭ މައުލޫމާތު ބަދަލުކޮށްފައިވެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ގަވަރނެންސް ހަރުދަނާކުރުމަށްޓަކައި ކުންފުނިތަކުގެ ބޯޑުން އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެއެވެ. 64 ބައިވެރިން މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. 

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސާއި، ފްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު ގުޅިގެން، ކޭޕީ އެމްޖީ އޮޑިޓް ފާރމްގެ އެހީތެރިކަމާއެކުއެވެ.

އެއްދުވަހުގެ މި ޓްރެއިނިންގ ފްރޮގްރާމުގައި ސްރީލަންކާގެ އޮޑިޓަރުންވެސް ސެޝަންތައް ނަގައިދީފައިވެއެވެ.