ޚަބަރު

"ކޮރެއާގެ އަމާންކަން ނަގާލުމަށް ހިންގާ ޢަމަލުތައް ހުޓާލަންޖެހޭ"


ކޮރެއާ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ނަގާލުމަށް ހިންގާ ޢަމަލުތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.މުޙައްމަދު އާސިމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެއާއި ދެކުނު ކޮރެއާގެ ޚާރިޖީ ގުޅުމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. މިދިޔަ 50 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއާއި ދެކުނު ކޮރެއާއިންވަނީ ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށްފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއިން ދެކުނު ކޮރެއާއިން ވަނީ ރާއްޖެއަށް ތަފާތު އެހީތައް ފޯރުކޮށްދީފައިވެއެވެ. 

ރާއްޖެއާއި ދެކުނު ކޮރެއާގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޑރ މުޙައްމަދު އާސިމް ވިދާޅުވީ ދެކުނު ކޮރެއާއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ޙާސިލްކޮށް ދުނިޔޭގެ 11 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވެފައިވާ ޤައުމުކަމަށެވެ.

img:http://s3.psmnews.mv/images/660x400/15118328258257.jpg|ރާއްޖެއާއި ދެކުނު ކޮރެއާގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު އޮންނަ ޚާރިޖީ ގުޅުމަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާސިމް ވިދާޅުވީ 5 ޤަރުނުވީ މިގުޅުން ބިނާވެފައި ދެޤައުމުގެ ދެމުދު އޮންނަ އިތުބާރާއި އިޚްތިރާމުގެ މައްޗަށް ކަމަށެވެ. ކޮރެއާ ސަރަހައްދުގެ އަމަން އަމާންކަން ނަގާލުމަށް އެކި ކަހަލަ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ އާސިމް ވަނީ މި ފަދަ މަސައްކަތްތައް ކުރާ ފަރާތަކުން އެކަން ހުއްޓާލުމަށް ގޮވާލައްވާފައެވެ. 

މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ދެކުނު ކޮރެއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗަންގް ވޮންސަމް ވިދާޅުވީ ރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަންސާސް އަހަރު ފުރުން ފާހަގަކުރާއިރު މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެޤައުމުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.  ސަފީރު ވިދާޅުވީ ރާޢްޖޭގެ ތަރައްޤީގައި ދެކުނު ކޮރެއާއިން އަބަދުވެސް އެހީތެރިކަން ދެމުން ގެންދަވާނެކަމަށެވެ.

ރާއްޖެއާއި ދެކުނު ކޮރިއާ އާއި ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަންސާސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ އެމްބެސަޑަރުން ބައިވެރިވެޑައިގެންނެވިއެވެ.

މިޙަފްލާއަށް ފަހު އަލިމަސް ކާނިވަލުގައި ވަނީ ދެކުނު ކޮރެއާ އާއި ރާއްޖެއާއި ދެޤައުމުގެ ސަޤާފީ ހަރަކާތްތައް ދައްކާލުމަށް ޚާއްސަ މިއުޒިކް ޝޯ އެއް ވަނީ ބާއްވާފައެވެ. މި ޝޯ ގައި ރާއްޖޭގެ މަޝްހޫރު 1438 ބޮޑު ބެރު ގުރޫޕާއި ދެކުނު ކޮރިއާގެ މާޝަލް އާޓްސް ގްރޫޕްގެ ހުށައެޅުންތައް ދައްކާލާފައެވެ.