ކުޅިވަރު

އަތޮޅު ލީގާއި، ޤައުމީ ބެޑްމިންޓަން މުބާރާތް ފަށައިފި


ދުނިޔޭގެ ރޭންކިންގެ ވަރުގަދަ ކުޅުންތެރިންނާއި، މެލޭޝިޔާގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިއަކާއިއެކު މައިލޯ 44 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތާއި މައިލޯ 10 ވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތް ފަށައިފިއެވެ. 

އަތޮޅު ލީގުގައި އަތޮޅު ތެރެއިން ފަސް ޓީމް ވާދަކުރެއެވެ. އެއީ ހޮޅުދޫއާއި، އޭދަފުށްޓާއި، އައްޑޫ ސިޓީއާއި، މ.މުލީ ޓީމެވެ. މީގެތެރެއިން އައްޑޫ ސިޓީން ދެޓީމް ވާދަކުރެއެވެ. މިމުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގަ ނުވަ ޓީމް އަދި އަންހެން ބައިގަ ހަ ޓީމް ވާދަކުރެއެވެ.

އެއްވަނަ ޑިވިޝަންގެ ފިރިހެން ބައިގަ ތިން ޓީމް އަދި އަންހެން ބައިގަ ދެ ޓީމް ވަނީ ބައިވެރިވެފައެވެ. މިފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ދެވަނަ ޑިވިޝަންގެ ޓީމްތަކަށްވެސް ބިދޭސީ ކުޅުންތެރިން ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ. ދެވަނަ ޑިވިޝަންގެ ތަށި މިލްކުކުރަން ނިކުތް ސްޓެޓިކްއަށް ސްރީލަންކާގެ ޤައުމީ ޓީމްގެ ކުޅުންތެރިއަކު ވަނީ ގެނެސްފައެވެ. އަދި އެއްވަނަ ޑިވިޝަންގައި ވާދަކުރާ އެމްޕީއެލްއަށް ގެނެސްފައިވާ މެލޭޝިޔާގެ ކުޅުންތެރިއަކީ ދުނިޔޭގެ ރޭންކިންގައި ހަތްދިހަ ވަނަ ކުޅުންތެރިޔާއެވެ. އާކަށް ގެނެސްފައިވާ މެލޭޝިޔާގެ ކުޅުންތެރިއަކީ މެލޭޝިޔާގެ އެންމެ މޮޅު އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. 

ރާއްޖޭގައި ބާއްވާ އިންޓަރނޭޝަނަލް މުބާރާތުގައި ވަރަށް މޮޅު ކުޅުންތެރިން ވާދަކޮށްފައިވާއިރު، މިއީ ރާއްޖޭގެ ޓީމަކަށް މިފަދަ މޮޅު ކުޅުންތެރިންތަކެއް ގެނައި ފުރަތަމަ ފަހަރެވެ.