ކުޅިވަރު

ރޮނަލްޑޯގެ ލަނޑުން މޮޅުވެ، ރިއަލްއާ ބާސާގެ ފަރަޤު 7 ޕޮއިންޓަށް


ރޮނަލްޑޯގެ ލަނޑުން މޮޅުވެ، ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނާގައި އޮތް ބާސާއާ ހަތް ޕޮއިންޓް ކައިރިއަށް ރިއަލްމެޑްރިޑް ޖެހިލައިފިއެވެ. 

މަލާގާއާއި ވާދަކުރި މެޗު ރޭ ރިއަލްމެޑްރިޑް ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ. ބެންޒިމާގެ ލަނޑުން ރިއަލް ކުރި ހޯދާފައިވަނިކޮށް، ރޮލާން މަލާގާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ދެމިނިޓް ފަހުން ދެވަނަ ފަހަރަށް ރިއަލްއަށް ކުރި ހޯދައިދިނީ ކަސަމީރޯއެވެ. މަލާގާއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގައި ކާސްޓްރޯއެވެ. ރޮނަލްޑޯ ރިއަލްމެޑް މޮޅުކޮށްދިނީ މެޗުގެ 76 ވަނަ މިނިޓްގައެވެ. 

ބާސާއާ ދެމެދު މިވަގުތު ހަތް ޕޮއިންޓް ފަރަޤެއް އޮތީ ބާސާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އަދި ހަތް ޕޮއިންޓްގެ ފަރަޤަކާއެކު ރިއަލްމެޑްރިޑް އޮތީ ތާވަލްގެ ހަތަރު ވަނާގައެވެ. އެތްލެޓިކޯމެޑްރިޑާއި، ވެލެންސިޔާވެސް އޮތީ ރިއަލްމެޑްރިޑަށްވުރެ ކުރީގައެވެ.