ކުޅިވަރު

ހަމަހަމަ ނިމުމަކާއެކު ކުޑަހުވަދޫއާއި މާޅޮސް ލީގު ނިންމާލައިފި


ހަމަހަމަ ނިމުމަކާއެ ކުޑަހުވަދޫއާއި މާޅޮސް ރާއްޖޭގެ އެންމެ ބޮޑު ލީގުގެ މެޗުތައް ނިންމާލައިފިއެވެ. 

ލީގު ފޯމެޓަށް ބަދަލު ގެނެސް އަތޮޅު ތެރޭގެ ހަތަރު ޓީމަށް ފުރުޞަތު ލިބޭގޮތަށް ކުޅުނު ފުރަތަމަ ލީގުގައި މާޅޮހާއި، ކުޑަހުވަދޫ ވާދަކުރި މެޗު ނިމުނީ ތިނެއް ތިނަކުން އެއްވަރުވެގެންނެވެ. އިބްރާހީމް ނާއިފްގެ ލަނޑުން މެޗުގައި ފުރަތަމަ ކުރި ހޯދީ މާޅޮސް ޓީމުންނެވެ. އަބުދުލް ހާލިޤު ލަނޑެއް ޖަހާ ކުޑަހުވަދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނިކޮށް ދެވަނަ ފަހަރަށް މާޅޮހަށް ކުރި ހޯދައިދިނީ އަހުމަދު އާރިފްއެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާއިން. ދެވަނަ ހާފްގައި  ދެ ލަނޑު ޖަހާ ކުޑަހުވަދޫން މެޗުގެ ލީޑް ހޯދިއެވެ. އެދެ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަންއާއި، އާދަމް ޝަހީމްއެވެ. މާޅޮހަށް ނަތީޖާ ހަމަހަމަކޮށްދިނީ ލީގުގައި ނުވަ ލަނޑު ޖެހި އެންޖެލް މުނޯޒްއެވެ. 

މިނަތީޖާއާއެކު ސާދަ މެޗުގެ ތެރެއިން ތިން މެޗު އެއްވަރުކޮށް ތިން ޕޮއިންޓާއެކު ކުޑަހުވަދޫއަށް ލިބުނީ އަށްވަނައެވެ. ނުވަ ޕޮއިންޓާއެކު މާޅޮސް އޮތީ ކުޑަހުވަދޫއަށްވުރެ ކުރީގަ، ހަތް ޕޮއިންޓާއެކުއެވެ.