ޚަބަރު

އެމްއެމްއައިގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުުރުޞަތު ހުޅުވާލައިފި


މީޑިއާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް މީޑިއާ އިންސްޓިއުޓް އެމްއެމްއައިއިން ޙާއްސަ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ކޯސްތަކާގުޅޭ މަޢުލޫމާތު، މިއަދު ހަވީރު ހަތަރަކުން މިރޭ ދިހަގަޑި ތިރީހަށް ރަސްފަންނު ސަރަޙައްދުގައި ކުރިއަށްދާ އެމްއެމްއައި އެޑިއުކޭޝަން ފެއަރގައި ލިބޭނެއެވެ. މި ފެއަރގައި އެމްއެމްއައި އިން ހިންގާ ކޯސްތަކަށް އެޕްލައި ކުރާނެ ގޮތްތަކާއި، ކޯސްތަކުގެ ފީއާއި އެނޫންވެސް މުހިންމު މަޢުލޫމާތުދޭ ސްޓޯލްތައް ހިމެނިފައިހުންނާނެއެވެ.

އެމްއެމްއައިއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ބްރޮޑްކާސްޓިންގ ޖަރނަލިޒަމްއާއި، ކޮމިއުނިކޭޝަންއާއި، ސައުންޑް އެންޑް މިއުޒިކްއާއި، ޕަރފޯމިންގ އާރޓްސްއާއި، ޑިޖިޓަލް މީޑިއާއާއި ޑިޖިޓަލް ފިލްމް އެންޑް ޓެލެވިޒަން ކޯސް ހިމެނެއެވެ.

img:http://s1.psmnews.mv/images/660x400/15116185082413.jpg|އެމްއެމްއައި އެޑިއުކޭޝަން ފެއަރ ޕީއެސްއެމްގެ ޗެއަރމަން ހުޅުއްވައިދެއްވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

މީގެތެރޭގައި ޑިގްރީ ލެވެލްގެ ތިންކޯހާއި، ޕްރޮފެޝަނަލް ޑިޕްލޮމާގެ 2 ކޯހާއި ފައުންޑޭޝަން ލެވެލްގެ ކޯހެއްވެސް ހިމެނެއެވެ. އެމްއެމްއައިއިން ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ކޯސްތަކުގެތެރޭގައި މެލޭޝިއާގެ ލިންމްކޮކްވިންގ ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ ކޯސްތައް ހިމެނެއެވެ.