ޚަބަރު

މިނިސްޓަރ ޒެނީޝާ ފ.ނިލަންދުއަށް ވަޑައިގެންފި


މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ފ.ނިލަންދުއަށް ވަޑައިގެންފިއެވެ. 

މި ދަތުރުފުޅުގައި ނިލަންދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ސެންޓަރުގެ މުވައްޒަފުންނާ މިނިސްޓަރ ވަނީ މަޝްވަރާކުރައްވާފައެވެ. 

މީގެ އިތުރުން، ފ.އަތޮޅު ކައުންސިލާއި، ހެލްތު ސެންޓަރާއި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި، މިނިސްޓްރީއާއި އެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/15113460160159.jpg|  

އަދި ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކޮމިޓީގެ މަސައްކަތްތައް އޮޅުންފިލުއްވައި، ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.