ޚަބަރު

ފުވައްމުލަކުގައި އެކްސިޑެންޓުވި ދެ މީހުން މާލެގެނެސްފި


ފުވައްމުލަކު ސިޓީގައި އިއްޔެ ހިނގި  ނުރައްކާތެރި އެކްސިޑެންޓްގައި ޒަޚަމްވި ދެ މީހުން މާލެ ގެނެސް އައިޖީއެމްއެޗްގައި އިތުރަށް ފަރުވާދޭން ފަށައިފިއެވެ. 

މި މީހުން މާލެ ގެނައީ ފްލައިޓެއް ޗާޓަރުކޮށްގެން ރޭ ފަތިހުގެ ވަގުތެއްގައެވެ. 

ފުވައްމުލަކު ސިޓީ އެއަރޕޯޓް ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. 

މި އެކްސިޑެންޓްގައި ޒަޚަމްވީ އުމުރުން 16 އަހަރުގެ ކުއްޖަކާއި 19 އަހަރު ޒުވާނެކެވެ.