ދުނިޔެ

ޖަރުމަނު އިއްތިހާދެއް އެކުލަވާލުމުގެ މަޝްވަރާ ފެނަށް


ޖަރުމަނުވިލާތުގައި އިއްތިޙާދުގެ ސަރުކާރެއް ޤާއިމުކުރުމަށް ބާއްވަމުން ދިޔަ މަޝްވަރާތައް ވަކިކޮޅެއްގައި ނުޖެހި ނިންމާލައިފިއެވެ.

މިވާހަކަތައް ނިންމާލާފައިވަނީ އިއްތިޙާދުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުން ދިޔަ ލިބަރަލް ޕާޓީ އެފް.ޑީ.ޕީން މަޝްވަރާގެ މޭޒުދޮަށަށް އަނަންން އިންކާރުކުރުމުންނެވެ. ޖަރުމަނު ޗާންސެލަރ އަންގެލާ މަރކެލްގެ ފަހަތުގައި އޮތް ސީ.ޑީ.ޔޫ އަދި ސީ.އެސް.ޔޫ ޕާޓީތަކަށް އިތުބާރު ކުރެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް ކަމަށް އެފް.ޑީ.ޕީގެ ލީޑަރު ކްރިސްޓިއަން ލިޑްނަރ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރކެލް ޖަރުމަންވިލާތުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓޭންމަޔަރއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަރުމަނުވިލާތުގައި އަވަސް އިންތިޚާބެއް ބޭއްވުމުގެ ބާރު ލިބިގެން ވަނީ އެ ޤައުމުގެ ރައީސް އަށް އެކަންޏެވެ،

ސެޕްޓެމްބަރު މަހު ޖަރުމަނުވިލާތުގައި ބޭއްވި ޢާއްމު އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ މަރކެލްއަށް ތާއީދުކުރާ ޕާޓީތަކުންނެވެ. ނަމަވެސް، އޭނާގެ ޕާޓީއަށް ސާފު އަޤުލަބިއްޔަތެއް ލިބފައިނުވާތީ، އޭނާއަށް ސަރުކާރެއް ޤާއިމުކުރެވޭނީ އެހެން ޕާޓީތަކާއެކު އިއްތިހާދެއް ޤާއިމުކޮށްގެންނެވެ.