ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގަ އެކަކު މަރުވެއްޖެ


މިރޭ އިރާކޮޅު ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެއްޓެއްގަ 17 އަހަރުގެ ކުއްޖަކު މަރުވެ އިތުރު 2 މީހަކު ޒަޚަމްވެއްޖެއެވެ. މިއެކްސިޑެންޓް ހިނގީ ފުވައްމުލަކު އެއަރޕޯޓު ސަރަހައްދުގައި ދުއްވާފައިދިޔަ ދެ ސައިކަލްޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިހާދިސާގައި 17 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައިވާއިރު 16 އަހަރުގެ ފިރިހެން ކުއްޖަކާއި 19 އަހަރުގެ ޒުވާނަކުވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ޒަޚަމްވި މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އެމީހުންގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.