ޚަބަރު

ފުވައްމުލަކު އެކްސިޑެންޓްގައި ޒަހަމްވި ކުދިން މާލެ ގެންނަނީ


ފުވައްމުލަކު ސިޓީގައި މިރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ދެ ކުދިން މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. މިރޭ އިރާކޮޅޮ ފުވައްމުލަކު ސިޓީ އެއަރޕޯޓް ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި ނުރައްކާތެރި ހިނގިއެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖެއް ވަނީ މަރުވެފައެވެ.

މި އެކްސިޑެންޓްގައި ޒަހަމްވެފައިވަނީ އުމުރުން 16 އަހަރުގެ ކުއްޖަކާ 19 އަހަރު ޒުވާނެކެވެ. މި ދެ ކުދިން ފުވައްމުލަކު ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދެމުން އަންނައިރު މި ދެކުދިންގެވެސް ހާލު ސީރިއަސްކަމަށް ފުލުހުން ބުނެއެވެ. މި ދެ ކުދިން ޗާޓަރު ޕްލައިޓްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދައިން ބުނެއެވެ.