ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓްތަކެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ގއ ކޮލަމާފުށީ ބޭރުން މަސްބޯޓްތަކެއް ފެނިގެން އެ ސަރަހައްދުގެ މަސްވެރިން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މަސްވެރިން އެބޯޓްތައް ހުއްޓުވާ އެބޯޓްތައް ވަށައިލައިގެން ތިބިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެ ސަރަހައްދުގައި ކޯސްޓްގާޑް ފާމުލާދޭރި ލޯންޗު ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.