މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުޙައްމަދު ޢާސިމް ރަސްމީދަތުރުފުޅެއްގައި ޖަޕާނަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީއިން ވިދަޅުވީ މިނިސްޓަރުގެ މިދަތުރުފުޅަކީ ރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ ފަންސާސް އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މަޤްސަދުގައި ކުރައްވާ ދަތުރުފުޅެއްކަމުގައިއެވެ.
އަދި މިދަތުރުގެ ތެރެއިން ފޮރިން މިނިސްޓަރ އާސިމް ޖަޕާނުގެ ސަރުކާރުގެ އިސް ފަރާތްތަކައި ބައްދަލްކުރައްވައި ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.