ޚަބަރު

އަންނައަހަރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ!


ސިވިލް ސަރވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރަން ނިންމާ އެކަމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނައިފިއެވެ.

ދައުލަތުން އަންނަ އަހަރަށް ލާފާކުރާ ބަޖެޓް ރައްޔިތުން މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ސިވިލް ސަރވަންޓުންގެ މުސާރަ  ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނޭކަމަށެވެ. މިނިސްޓަރ މުނައްވަރު ވިދާޅުވީ ދައުލަތް ހިންގުމުގެ އިންޖީނަކީ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ސިވިލް ސަރވަންޓުން ކަމަށެވެ. އެހެންކަމުން ސިވިލް ސަރވަންޓުންގެ މުސާރައަށް އެދެވޭ ބަދަލެއް ގެނައުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރުން ދެކޭކަމަށް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވިއެވެ. ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމުގެ އިތުރުން ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގެ ތެރެއިން 1000 ފްލެޓް ސިވިލް ސާރވަންޓުންނަށް ހާއްސަކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުން ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމަށް ދައުލަތުން ނިންމާފައިވާއިރު ސިވިލް ސާރވިސް މުވައްޒަފުންގެ ގޮތުގައި ތިރީސްހާހަށްވުރެ ގިނަ މީހުން ދަނީ މަސައްކަތްކުރަމުންނެވެ.