ދުނިޔެ

މިޔަންމާގެ އަސްކަރިއްޔާގެ ތަޙުޤީޤަށް އެމްނެސްޓީގެ ހަރުކަށި ރައްދު


ރައްދެއް ދީފިއެވެ. މިޔަންމާގެ ސަރުކާރުން އިސްނަގައިގެން އެ ޤައުމުގެ ސިފައިންނާ ދެކޮޅަށް މުސްތަޤިއްލު، މިނިވަން އަދި އިންސާފުވެރި ތަޙުޤީޤެއް ނުހިންގޭނެ ކަމަށާއި، މިޔަންމާ ސަރުކާރުގެ ބޭނުމަކީ އެ މައްސަލަ އޮއްބާލުން ކަމަށް، އެ ޖަމާޢަތުން ބުންޏެވެ.

ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށްޓަކައި މިޔަންމާ ސިފައިން އިސްކޮށް ތިބެގެން ހިންގި ޖަރީމާތަކުގެ ތެރޭގައި ރޮހިންޔާއިންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި އަންދާލުމާއި، އެ މީހުންގެ އަންހެނުންގެ އިއްފަތްތެރިކަން ނަގާލުމާއި، ފިރިހެނުންގެ ގަޔަށް ބަޑިޖަހައި މެރުން ފަދަ ޖަރީމާތައް ހިމެނެއެވެ. މި ޖަރީމާތަކުގެ ޝިކާރައަކަށްވެ، ރޮހިންޔާއިންގެ 600 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 600،000 އަށްވުރެ ގިނަ ޢަދަދެއްގެ ރޮހިންޔާއިން އެ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި، ބިކަ ޙާލުގައި، ކޯރުތަކާއި ޖަންގަލިތަކާއި ފަރުބަދަތައް ހުރަސްކޮށް އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައިވެއެވެ.

މިޔަންމާ ސިފައިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ ނަޞްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށާއި، މިއީ ބައިނަލްއަޤުވާމީ ގޮތުން ތަޙުޤީޤުކުރަންޖެހޭ، ވަރަށް ހައްސާސް މައްސަލައެއްކަމަށް އިންސާނީ ހައްގުތަކާބެހޭ އދގެ ހައިކޮމިޝަނަރ ވިދާޅުވެފައިވެއެވެ. އަދި އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުޓޭރޭޝްވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ.

މިމައްސަލާގައި މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ޤަރާރެއް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައި ނުވިނަމަވެސް، މި ޖަރީމާތަކާއި ދެކޮޅަށް ސަލާމަތީ މަޖިލީހުން ދެ ފަހަރެއްގެ މަތިން ބަޔާންތައް ނެރެފައިވެއެވެ. މިޔަންމާގެ ސަރުކާރުން ވަނީ އެ ޤައުމުގެ ސިފައިން ހިންގާފައިވާ މި ޖަރީމާތަކަށް އެންމެ ފުރަތަމަ އިންކާރުކޮށްފައެވެ. ނަމަވެސް މި މައްސަލައިގެ ސަބަބުން، މިޔަންމާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިވާން ފެށުމުން މި ކަމުން ސަލާމަތްވުމަށްޓަކައި އެ ޤައުމުގެ ސަރުކާރުން ނިންމާފައިވަނީ އެ ޤައުމުގެ ސިފައިންގެ އިސް ކޮމާންޑަރު އަދި ޗީފް އޮފް ސްޓާފް މަޤާމުން ދުރުކޮށް އެހެން ބޭފުޅަކު އެ މަޤާމަށް އައްޔަން ކުރުމަށެވެ.